އިމްޕޯޓް ލައިސެންންސް ލިބިފަ ހުރި ފަރާތްތަކުން ގެންނަ މުދާ ބޭނުންކުރެވޭ ގޮތް މިހާރުން މިހާރަށް ހަދައިދޭން ޖެހޭ: ގާސިމް

އިމްޕޯޓް ލައިސެންންސް ލިބިފަ ހުރި ފަރާތްތަކުން ގެންނަ މުދާ މީހުންނަށް ބޭނުންކުރެވޭ ގޮތް މިހާރުން މިހާރަށް ހަދައިދޭން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރަައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައިވާ އެއްގަމު އުޅަނދުފަހަރާ ގުޅޭ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ގާސިމް ވިދާޅުވީ ގަރާޖުގައި ރަޖިސްޓްރީކޮށްގެން ނޫނީ ކާރު ރަޖިސްޓްރީކޮށްނުދެވޭ ގޮތަށް އޮންނަ ނަމަ އަޅުގަނޑުމެން މިއަދު މިތިބީ ވަރަށް ފަހަތަށް އައިސްފައި ކަމަށެވެ.
ގަރާޖަކަށް ކާރު ރަޖިސްޓްރީކުރި ނަމަވެސް އެ ކާރު އެއްވެސް ގަރާޖެއްގައި އޮތްކަން ބެލުމަށް އޮޑިޓް ރިޕޯޓެއް ހެދިޔަސް އެކަން ކާމިޔާބުނުވާނެ ކަން ގާސިމް ފާހަގަކުރެއްވިއެވެ.
އަދި އިމްޕޯޓް ކުރަން ހުއްދަދޭ ހިސާބުން ފެށިގެން ރާއްޖެ ގެންނަ މުދާ ރަޖިސްޓްރީ ނުވާ ކަމަށް ބުނުމަކީ އެއީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި އެފަދަ އަނިޔާ ރައްޔިތުންނަށްދޭން ހެޔޮނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގަރާޖު ސިޓީ އުވައިލެއްވުމަށް އެއްގަމު އުޅަނދުފަހަރާ ގުޅޭ ގާނޫނަށް މެމްބަރު ނަޝީދު އަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާގޮތަށް މިހާރު އޮންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުތަކުން ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުގެ ވެރިފަރާތްތަކުން ނަގަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުން އުފުލާ ތަކްލީފަށް ލުޔެއް ހޯދައިދިނުމަށެވެ.
އަދި ރަޖިސްޓްރީ ކުރަން ބޭނުންވާ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓްރީ ކުރުން ލާޒިމްނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މެމްބަރު ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ