ފުނަދޫ އިންޖީނުގެ ހިންގުން ފެނަކަ އަށް

ށ. ފުނަދޫގައި އެ ރަށު މީހުން 36 އަަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ހިންގަން ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.އިންޖީނުގެ ޙަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.ފެނަކަ އިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.އެގޮތުން އިންޖީނުގެއާ ހަވާލުވުމަށް ފަހު، ފުނަދޫއަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އިއުލާނުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ