އެއާޕޯޓާ އެކު ކުޑަހުވަދޫގައި ސީޕޯޓެއް ގާއިމްކުރާނެ ދުވަހަކީ ރައްޔިތުން ދެކޭ ހުވަފެނެއް: އާމިރު

ދ. ކުޑަހުވަދޫގައި ގާއިމްކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ އެއާޕޯޓްގެ އިތުރުން ސީޕޯޓެއް އެރަށުގައި ގާއިމްވެގެން ދިއުމަކީ އެރަށު ރައްޔިތުން ދެކެމުން އަންނަ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ. ތާރުއަޅައިގެން ކުޑަހުވަދޫގައި ހަދާފައިވާ މަގުތަކާއި ދ. ވާނީ ރައްޔިތުން ކުޑަހުވަދޫ އަށް ބަދަލުކޮށް ނިންމުމަށް ފާހަގަކުރުމަށް މިއަދު ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ކުޑަހުވަދޫ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދެއްވަމުން އަންނަ ކަމަށެވެ. "އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކު ރައީސްގެ ޒައާމަތުގައި ރައީސްގެ މި ދައުރުގެ ތެރޭގައި މިރަށުގައި ހަމަ މި ދެންނެވި އެއާޕޯޓޭ އެއްފަދައިން ކޮމާޝަލް ހާބަރެއްގެ ގޮތުގައި ސީޕޯޓެއް އެޅިގެންދާނެ ދުވަހަކީ އަޅުގަނޑުމެންގެ މި ރަށުގެ ރައްޔިތުން ދެކޭ ވަރަށް ބޮޑު ހުވަފެނެއް،" އާމިރު ވިދާޅުވި އެވެ. އާމިރު ވިދާޅުވީ ދ. އަތޮޅު ހިމެނޭ ސަރަހައްދަކީ މިހާރު ތަރައްގީގެ ގިނަ މަޝްރޫތަކެއް ހިންގަމުން އަންނަ ސަރަހައްދެއް ކަމަށެވެ. ކުޑަހުވަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތަކީ ވެސް އެރަށު ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން ލިބުނު މަސައްކަތެއް ކަމަށް އާމިރު ވިދާޅުވި އެވެ. ކުޑަހުވަދޫގައި ހަ މަގެއް ތާރުއަޅައިގެން ޒަމާނީފެންވަރަށް ހަދާފައިވާއިރު 40 ހެކްޓަރުގެ ބިންވަނީ ހިއްކައި ބޮޑުކޮށްފަ އެވެ. ކުޑަހުވަދޫ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެޓުގެ ދަށުން ހަމަގެއް މިހާރު ނިމިފައިވާއިރު އެ ރަށުގެ 13 މަގެއްގައި ތާރު އަޅާނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ވަނީ ބުނެފަ އެވެ. އެއީ އެ ރަށުގެ ބަނދަރު ސަރަހައްދު ހިމެނޭ ގޮތަށް 6.3 ކިލޯ މީޓަރުގެ މަގެވެ. ދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުއްﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ