ވަކިގޮތަކަށް މަޖިލިސް ހިންގުމަކީ ރައީސް ނަޝީދަށް ލިބިގެންވާ ބާރެއް ނޫން: މެމްބަރު ސަނީފް

ރައްޔިތުންގެ މަޖިލިސް ހިންގެވުމުގައި ނުލިބޭ ބާރެއް ބޭނުންކޮށްގެން ވަކިގޮތަކަށް މަޖިލިސް ހިންގުމަކީ ރައީސް ނަޝީދަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެމްބަރުގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވީ މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ޓެކްސް ބޮޑު ކުރުމުގެ ބިލުގެ ބަހުސްގައި ކަމާ ގުޅުންހުރި އިދާރާތަކާއި ބޭފުޅުން މަޖިލީހަށް ހާޒިރު ކުރުމަށް ފަހު ނޫނީ މަޖިލީހުގައި ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް ނާހާނެ ކަމަށް ވިދާޅުވުމުންނެވެ.
ޓެކްސް ބޮޑު ކުރުމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ވަނީ ކޮމެޓީގެ ވަގުތު އިތުރުކުރުމަށް އެދިވަޑައިގެންފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން މެމްބަރު ސަނީފުގެ ނުރުހުން ނަޝީދަށް އަމާޒުވިއެވެ.
އެގޮތުން މެމްބަރު ސަނީފް ވިދާޅުވީ ރައީސް ނަޝީދު ހިތުހުރި ގޮތަކަށް މަޖިލީސް ހިންގުމުގެ ބާރެއް ނޯންނާއި ކަމަށާއި މަޖިލީހުގެ ކޮމެޓީތައް ހިންގާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
މެމްބަރު ވިދާޅުވީ ރާއްޖޭގައި ރޯޔަލްޓީ ޓެކްސް ނުނަގާކަން ގަބޫލުކުރަން ޖެހޭ ކަމަށާއި ރާއްޖޭގައި ޓެކްސް ނަގަމުންދަނީ އާންމު ރައްޔިތުންގެ ބޭނުންތަކަށް ކަމަށެވެ.
އަދި ރާއްޖޭގެ ތާރީޚުގައިވެސް ޑެފިސިޓް ނޫން ގޮތަކަށް ބަޖެޓް ނާންނަކަން ފާހަގަކުރައްވާ މެމްބަރު ވަނީ އަންނަ އަހަރުގެ ބަޖެޓަކީ ރިކަރަންޓް ޚަރަދު ފޫބެއްދޭނެ ބަޖެޓެއް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ