އަހަރެމެން ވެސް މަޖަލަކަށް އަތާއަތާލަމެވެ. ޓީވީއެމުން 1990ގެ އަހަރުތަކުގެ މެދުތެރޭގައި ރޯދަމަހު ފޮނުވި 'ހާރުދަން' ޕްރޮގްރާމްގައި، މުބާރާތެއްގެ ގޮތުގައި ވެސް އަތާއަތާލުން ބޭއްވި އެވެ.
އަތާއަތާލުމަކީ ދުނިޔޭގައި ޕްރޮފެޝަނަލްކޮށް ވެސް އޮންނަ ހިފުމެކެވެ. ހަށިގަނޑުން ބިޔަ، އަދި ބޮޑީބިލްޑަރުން، އާމް ރެސްލިންގައި ބައިވެރިވެ ވާދަކުރެ އެވެ.
ނަމަވެސް މި ފަހުން ދުނިޔެ ހައިރާންކޮށްލަމުން އަންނަނީ ޒުވާނެކެވެ. ރަޝިޔާގެ އާސެނިޔެވް ސިޓީއަށް އުފަން
އެލެކްސެންޑާ ބެޒިއަޒިކޯވް، ވަނަމުން ނަމަ 'ސްކޫލްބޯއީ'ގެ ކުޅިވަރުގެ ހަޔާތް ފެށުނީ އެތުލެޓިކްސްގެ މައިދާނުންނެވެ. މަދުރަސީ ދައުރު އޭނާއަކީ އެހެން ދަރިވަރުންނަށް ވުރެ ހާސްތަނުން ވަރުގަދަ
ކުއްޖެކެވެ. އެންމެ ފަހުން އޭނާ ވީ އަތާއަތާލުމުގައި ބާރުގަދަ ޒުވާނަކަށެވެ.
ޔޫޓިއުބްގެ
އާމް ރެސްލިން ޓީވީގައި ޕޯސްޓްކޮށްފައިވާ، 26 މިލިއަން ވިއުސް ލިބުނު، އޭނާގެ ވީޑިއޯތަކުން
ހެކިދެނީ އޭނާއަށް ވުރެ މާ ދޮށީ އަދި ޕްރޮފެޝަނަލް އެތުލީޓުންނަށް
ވުރެ ވެސް ވަރުގަދަކަމެވެ.
އުމުރުން 18 އަހަރު ނުފުރެނީސް އޭނާ
އުފަން ހިސާބުގަނޑުގެ އެންމެން ބަލިކޮށް އެއް ވަނަ ހޯދި އެވެ.
އުމުރުން 16 އަހަރުގައި އަތާއަތާލުމުގެ
މައިދާނަށް ނުކުތީ އޭނާގެ ބޭބޭގެ ފިޔަވަޅުތަކުގެ މަތީގަ އެވެ. އޭގެ ދެ އަހަރު
ފަހުން ބޭބެއަށް ވުރެން ހަށިގަނޑު ވަރުގަދަވެ، ދިގުވި އެވެ. އެމެރިކާ އާއި ޗައިނާ ފަދަ ގައުމުތަކުގައި އޮންނަ އަތާއަތާލުމުގެ މުބާރާތްތަކުގައި
ބައިވެރިވެ މޮޅުވި އެވެ.
އެލެކްސެންޑާގެ ކާމިޔާބީ އާއި ހަކަތަ އާއި ވަރުގަދަކަން
ހާއްސަވެ، އެހެން އެންމެންނަށް ވުރެން އޭނާ ކުރިއަރަން ދިމާވީ އޭނާގެ އުފެދުމުގައި
ހުރި ވަކި ތަފާތު ކަމަކުންނެއް ނޫނެވެ. ނަމަވެސް އެ ކުޅިވަރަށް
ބަހައްޓާ ސަމާލުކަމާއި، ހިތްވަރާއި ސީރިއަސްކަމުންނެވެ.
އަތާއަތާލުމަކީ ވެސް ކޮންމެ ދުވަހެއްގެ ތަމްރީން ބޭނުންވާ ކުޅިވަރެކެވެ. އެލެކްސެންޑާ ވަރަށް ޑިސިޕްލިން އެވެ. ކެއުން ގެންގުޅެނީ ރަނގަޅަށެވެ. އޭނާގެ އާދަތަކަށް ބަލާއިރު ކާމިޔާބީއަކީ ހައްގު
އެއްޗެއް ކަމަށް ކޮންމެ މީހަކު ވެސް އެއްބަސްވާނެ އެވެ.
އަތާއަތާލުމަކީ މީހާ މުއްސަނދިކޮށްދޭ ކުޅިވަރެއް ނޫނެވެ. ނަމަވެސް އެލެކްސެންޑާއަށް އަހަރަކު 300،000-200،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ ކަމަށް އެނެލިސްޓުން
އަންދާޒާކުރެ އެވެ.
އެލެކްސެންޑާގެ ހަޔާތަކީ ގަދަ ހިތްވަރާއި، ޖެހިލުމެއްނެތް
ސަމާލުކަމާއި، ފުރިހަމަ ޑިސިޕްލިންއެއްގައި ހިފެހެއްޓިއްޖެ ނަމަ ކޮންމެ ކަމެއް ވެސް ހާސިލްވެދާނެކަމުގެ މިސާލެކެވެ.
ނަމުން 'ސްކޫލް ބޯއި'، ވަރުން ސްޓްރޯންގް މޭން: އަތައަތާލުމުގައި ޒުވާނަކު އެންމެން ހައިރާންކޮށްލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ