މަސްތުވާތަކެތި ޓްރެފިކްކޮށް ޕެޑްލް ކުރުމުގެ ދައުވާ ސާބިތުވި މީހެއްގެ މައްޗަށް އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ފޭދޫ ކޯޓުން މި ހުކުމް އިއްވީ، އެރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވޭ އަހުމަދު ވަރުދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޕެޑުލްކުރުމުގެ ދައުވާ އެވެ.
އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ ވަރުދީ 25 އަހަރަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށްފައިވާއިރު ކެނަބިސް ޕެޑްލް ކުރުމުގެ ދައުވާއަށް ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 15،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ