ބއަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ބ.އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މިގޮތުން ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރައި ވިލާގަނޑުގައި ގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން ބ.އަތޮޅުން ފެށިގެން ލ އަތޮޅާ ދެމެދު ސަރަހައްދަށް 45 މޭލު ބާރުމިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
މިހާރުކުރަމުންދާ މޫސުމީ ވިއްސާރާގައި ރައްޖޭގެ ރަށްތަކަށް ވިއްސާރަކުރަމުންދާއިރު، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށްއޮތް 4 ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ. މިގޮތުން ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން މިއަދުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުތައް ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮންކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
Advertisement
މިކަމާ ގުޅޭގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.
- ވާރޭވެހި ފެންބޮޑުވެދާނެތީވެ، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާތައް ޖެއްސުން
- ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެދާނެތީ ގެއްލުން ލިބޭ ހިސާބުގައި ބަހައްޓާފައި ހުންނަ ހިފާގެންގުޅޭ ސާމާނު ފެން ނުޖެހޭ ފަދަ އުސްތަންތަނުގައި ބެހެއްޓުން
- ވައިގަދަވެ ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ، ކުރިއަލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން
- ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިންވާލާފައި ބެހެއްޓުން
- ކަނޑުދަތުރުފަތުރު ކުރުމުގެ ކުރިން މޫސުމަށް ރައްކާތެރިވެ، މައުލޫމާތުހޯދުން. އަިދ މުއާސަލާތީ ނިޒާމް ހުރިކަން ޔަގީންކުރުން
- ކާޑުގެ ބާވަތްތަކާއިު ޒަރޫރީ ތަކެއްޗަށް ދަތިނުވާނޭހެން ދުރާލާ ކަންކަން އިންތިޒާމުކުރުން
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން މެޓް އޮފީހުންވެސް ވަނީ އެ އިދާރާއިން ނެރޭ މޫސުމާ ބެހޭ މައުލޫމާތުތަކަށް އިޖާބަދިނުމަށް އިލްތިމާސްކޮށްފައެވެ.
ބ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ