ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބޮޑެތި ޒަހަމްތަކަކާއެކު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެއިން ޑިސެމްބަރު 4، 2019ގަ އެވެ. ގާސިމް މަރާލީ އޭނާ ދުއްވަން އިން ޓެކްސީގައި އަދުހަމް ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.
އަދުހަމް ވަނީ ދައުވާއަށް ކުރިން އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް މިއަދު ހުކުމް އިއްވަމުން ވިދާޅުވީ މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި އަދުހަމް އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް ގާސިމް މަރުވީ އަދުހަމް ގެންގުޅުނު ވަޅިޔަކުން ހަމަލާ ދިނުމުންކަން އެނގޭ ކަމަށެވެ.
-- ތަފްސީލް އަންނަނީ --
ގާސިމް މަރާލީ އަދުހަމް ކަމަށް ސާބިތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ