ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލުމުގެ އުސޫލު ހަދަނީ

މާލެ  ގޭބިސީތަކުގެ  ކުނި  ބިލާއި  ކަރަންޓު  ބިލު  އެއްކޮށްލުމުގެ  މަސައްކަތް  ފަށައިފިއެވެ.
މާލޭ ސަރަޙައްދުގެ ގޭބިސީތަކުންނާއި ކޮމާޝަލް ޚިދުމަތްތަކަށް ކުރާ ބިލް ސްޓެލްކޯގެ ބިލާ އެއްކޮށްލުމުގެ މަސައްކަތް ފަށާފައިވާ  ކަމަށް  ވެމްކޯއިން  ވަނީ  ބުނެފައެވެ.
ވެމްކޯއިން  ކުނި  ބިލާއި  ކަރަންޓު  ބިލު  އެއްކޮށްލުމަށް  ނިންމީ، ކުންފުނިންދޭ  ހދުމަތަށް އާމްދަނީއެއް ނުލިބުމަކީ، ކުންފުނި ރަނގަޅަށް ހިނގައިގަތުމަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް  އެ  ކުންފުންޏަށް  ފާހަގަވެފައިވާތީ  ކަމަށްވެސް  އެ  ކުންފުނިން  ބުންޏެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ އެ ކުންފުނީގެ މަލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދެވޭ  ހިދުމަތްތަކަށް ހަމަ އަގު ހޯދުމަށްޓަކައި މާލޭ ސަރަހައްދުގެ ގޭބިސީތަކުންނާއި ކޮމާޝަލް  ހިދުމަތްތަކަށް ކުރާ ބިލް ސްޓެލްކޯގެ ބިލާ އެއްކޮށްލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ކުނީގެ ބިލަށް ފައިސާ ދެއްކުމަށް އުނދަގޫވާ މީހުންނަށްވެސް ވަނީ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން ވެމްކޯއިން ޕޭމަންޓް އޮޕްޝަންތަކެއް ވަނީ އެކުލަވާފައެވެ. ބަލްކުކޮށް ފައިސާ ނުދައްކާ ބިލްތަކަށް އެއްފަހަރާ ފައިސާ ދައްކަން އުނދަގޫވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތްތަކެއްވެސް ވަނީ ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ