މަޖިލީހުގައި އަންހެން މެމްބަރުންގެ އަދަދު އިތުރު ކުރަން ރައީީސް ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން އިތުރުވާނެ ގޮތަކަށް މަސައްކަތް ކުރެއްވުމަށް، މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
މިއަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ އަންހެންގެ ދުވަހެވެ.
މި ދުވަހާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުން ހިމެނިގެންދާނޭ ގޮތާގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާކަމަށާއި މަޖިލިސް އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ، މަޖިލީހުގެ ތެރެއިން، އަންހެނުންނަށް ޚާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ޢަޒުމު ކަނޑައަޅަންވީ ކަމެއް ކަމުގައެވެ.
މިހާރު ހިނގަމުން އަންނަ މަޖިލީހަށް ހޮވިފައިވަނީ ހަތަރު އަންހެން މެންބަރުންނެވެ. އެ ހުރިހައި މެމްބަރުންވެސް ނިސްބަތްވެވަޑައިގަންނަވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ