ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި

ވާދަވެރި ސިޔާސީ ތިން ޕާޓީން ފޯރިގަދަ ކެމްޕޭނަކަށް ފަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުއްދީން ސްކޫލްގައި ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދާއިރާ ތަމްސީލް ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ.
މި ގޮނޑިއަށް މިފަހަރު ވާދަކުރައްވަނީ ގުރައިދު އަށް އުފަން ތިން ބޭފުޅުންނެވެ. ވޯޓުލުމުގެ ހައްގު 3،000 މީހުންނަށް ލިބެ އެވެ.
ހުސެއިން ރިޒާ (ޕީޕީއެމް)
އިބްރާހިމް ޝާޒް (އެމްޑީޕީ)
އަލީ އަރީފް (އެމްއެންޕީ)
ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރުން ތިން ޕާޓީއަށް ވެސް މުހިންމެވެ. މިއީ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން މި ތިން ޕާޓީގެ ތެރެއިން އެ ދާއިރާގެ ތާއީދު އޮތް ބައެއް ވަޒަންކުރެވޭނެ އިންތިހާބެކެވެ.
Riyaasee inthihab ah muhimmu gondi eh: 3 party ves yageen kamugai!
The most trusted news source in the Maldives
Mihaaru
މި ގޮނޑި ވޭތުވެދިޔަ 14 އަހަރު ކޮންޓްރޯލްކުރީ އިދިކޮޅު ޕީޕީއެމުންނެވެ. އެ ޕާޓީން ބުނަނީ ގޮނޑި ދިފާއުކުރެވޭނެ ކަަމަށެވެ. އެމްޑީޕީ އާއި އެމްއެންޕީން ވެސް ތިބީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމުގަ އެވެ.
މި ދާއިރާއަށް މެމްބަރަކު ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އެމްޑީޕީއަށް ލިބުނީ 41 ޕަސެންޓެވެ. އެފަހަރު ވޯޓުލުމުގެ ހައްގު 3،139 މީހުންނަށް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ