މާރޗްމަހު ބާއްވާ އަތޮޅުދުވުމުގެ އެއްވަނައަށްދާ ފަރާތްތަކަށް ދެމީހުންގެ އުމްރާ ދަތުރެއް!

މާރޗުމަހު އަތޮޅުދުވުން ކުޅެގެން ލީޑަރބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް އުމްރާ ދަތުރެއް ލިބޭ ކަމަށް އިއުލާނުކޮށްފި އެވެ. "އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަރ ގޭމެވެ.
އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެއެވެ. ގޭމްގެ މާރިޗު އަޕްޑޭޓް 1 މާރިޗު 2024 ގެ 00:00އިން ފެށިގެން ލިބޭނެ އެވެ. އެޕަލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭސްޓޯރ އިން ވެސް "އަތޮޅުދުވުން" ޑައުންލޯޑު ކުރެވޭނެ އެވެ.
އަތޮޅު ދުވުމުގެ މާރިޗު މަހުގެ ޕާޓްނަރ އަކީ ޤިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މިޕާޓްނަރޝިޕުގެ ދަށުން އުރީދޫއާޢި ގުޅިގެން މިމަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބިގެންދާނެއެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރ ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެއެވެ.
މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ކަލަންޑަރ އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.
މާރޗްމަހުގައި އަތޮޅުދުވުމުގައި ފެނިގެންދާނީ ނ. ލަންދޫއެވެ. ލަންދޫއަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ނ. ލަންދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ