ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މިއަދު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރިޔަށްގެންދިޔަ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްއިން ބުނީ މި މަހުގެ 24 ވަނަ ދުވަހު އަބޫދާބީ މަގުން ރާއްޖެއައި ޕާކިސްތާނު މީހަކު ބަލާފާސްކުރުމުން، 2.12 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މި މަސްތުވާތަކެތީގެ މަގުމަތީ އަގު 2 މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދިނެވެ.
Advertisement
ކަސްޓަމްސްއިން އިތުރަށް ހާމަ ކުރެއްވިގޮތުގައި މި މަސްތުވާތަކެތި، ޓެސްޓު ކުރި ފުރަތަމަ މަރުހަލާއިން އެތަކެތި ވަނީ ހެރޮއިންއަށް ޕޮސިޓިވް ވެފައެވެ.
މި ކަމާ ގުޅޭގޮތުން މައުލޫމާތުދެމުން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ތެރެއިން ކޮންޓްރޯލްޑް ޑެލިވަރީއެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މަސްތުވާތަކެއްޗާ ރާއްޖެއިން ހަވާލުވި ދެ ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ