މި މަހު ވެސް ކަރަންޓް ބިލް ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފި އެވެ.
ފަހަކަށް އައިސް ކަރަންޓް ބިލް ބޮޑުވުމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަ މަހަށް ބިލްތަކުން ޑިސްކައުންޓް ދިންނަމަވެސް ޑިސްކައުންޓާއެކު އައި ބިލް ވެސް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
މިފަހަރު ލިބުނު ބައެއް ކަރަންޓް ބިލްތައް ކުރީގެ މަސްތަކަށް ވުރެ އިތުރަށް ބޮޑު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ ލިބިފައިވާ ކަރަންޓް ބިލްގެ ކޮޕީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
މީގެކުރިން ކަރަންޓް ބިލް ބޮޑުވެގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަން ފެށުމުން ސްޓެލްކޯ އިން ވަނީ އެފަދަ މީހުން އެކަމާ ގުޅޭ ޝަކުވާ އެ ކުންފުންޏަށް ހުށަހެޅުމަށް އެދިފަ އެވެ.
ގިނަ ބަޔަކު ބުނަމުން އަންނަނީ ފެނަކަ އާއި ސްޓެކްލޯއިން ދޭ ކަރަންޓް ބިލްތައް ބޮޑުކުރަނީ ގަސްތުގައި ކަމަށެވެ. ސަބަބަކީ މަޖިލިސް އިންތިހާބާ ދިމާކޮށް މާލީގޮތުން ދެކޮޅު ނުޖެހޭ ވަރަށް ވަޒީފާ ދީފައިވާ މީހުންނަށް މުސާރަ ދޭނެ ފައިސާ ހޯދަން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
އަދި ކަރަންޓު ބިލް ބޮޑުކުރުމަށް ސްޓެލްކޯއިން ބޮޑު ސްކޭމެއް ހިންގާފައިވާކަމަށް ގިނަބަޔަކު ތުހުމަތު ކޮށްފައި ވަނިކޮށް, ބިލް ކޮށްފައިވަނީ ބޮޑުކޮށް ކަމަށްވެސް ފާއިތުވި ޖޫންމަހު ސްޓެލްކޯއިން އެއްބަސްވެފައި ވެއެވެ. އަދި ފަހުންވަނީ ބިލްތައް ކުޑަވެސް ކޮށްފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ އެމްޑީން ގަސްތުގައި އޮޅުވާލުވާލުމާއި, އަދި ވައްކަން ކުރާކަމުގެ ތުހުމަތު ބޮޑުވެ, ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތައްވަނީ ބަނގުރޫޓުވުމާއި ހަމައިގައެވެ.
މި މަހުވެސް ކަރަންޓް ބިލް ސްޓެލްކޯއިން ވަނީ ބޮޑުކޮށްފަ! އެތައް ބަޔަކު ދަނީ ޝަކުވާ ކުރަމުން! މަޖިލިސް އިންތިޚާބު ނިމި ދިއުމާއެކު, ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން ދެމުންދަނީ ބީރު ކަންފަތެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ