ރައްޔިތުމީހާގެ ބޮލުގައި ދަރަނީގެ ބޮޑުތަޅު ނާޅުވާނީ ގާސިމް: ނިޝާމާ

ރައްޔިތުމީހާގެ ބޮލުގައި ދަރަނީގެ ބޮޑުތަޅު ނާޅުވައި ރައްޔިތުންނާއި ހަމަޔަށް އުފާ ފާގަތިކަމުގެ ދުވަސްތައް ގެނެސްދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ކަމަށް ޖުމްހޫރީ ޕާޓީގެ ޖެންޑަރ އެންޑް ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކޮމިޓީގެ މެމްބަރު ނިޝާމާ މުޙަހައްމަދު ވިދަޅުވެއްޖެއެވެ.
ނިޝާމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ނަމުގައި ބޮޑު ލޯނުނަގައިގެން އެޅި މާލެ-ހުޅުމާލެ ބްރިޖްގެ "ޓޯލް ފީ" ދައްކަން ނުޖެހުނު ކަމަށެވެ.
ރައްޔިތުމީހާގެ ބޮލުގަ ދަރަނީގެ ބޮޑުތަޅު ނާޅުވައި، ހުޅުމާލޭގެ ހިޔާ އަދި ސިފައިންނާއި ފުލުހުންގެ ފުލެޓްތަކުގެ ކުލި ދައްކަން ނުޖެހި ރައްޔިތުންނާއި ހަމަޔަށް އުފާ ފާގަތިކަމުގެ ދުވަސްތައް ގެނެސްދެއްވާނީ، ދިވެހިރާއްޖޭގަ ހުރި އެންމެ ވަރުގަދަ އިޤްތިޞޯދީ ތަޖުރިބާކާރު ކަމަށްވާ އޮނަރަބަލް ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކަމަށެވެ.
ފުލެޓްތަކުގެ ކުލި ދައްކަން ނުޖެހި ރައްޔިތުންނާއި ހަމަޔަށް އުފާ ފާގަތިކަމުގެ ދުވަސްތައް ގެނެސްދެއްވާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކަމަށް ނިޝާމާ ވިދާޅުވިއިރު ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮންރަބަލް ގާސިމް އިބްރާހިމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ 158ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮނަރަބަލް ގާސިމް އިބްރާހިމް ވަނީ، އިންތިހާބާ ދިމާކޮށް އުސޫލުން ބޭރުން ސަރުކާރުން ހުޅުމާލޭގެ ބިން ވިއްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގާސިމްވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލިވެސް މައާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މައާފްކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއިރު، ހިޔާ ފްލެޓްގެ ކުއްޔަށް ސަރުކާރުންވަނީ 7 އަހަރަށް ލުއެއްދީފައެވެ. ކުރިން ހިޔާ ފްލެޓްގެ ރައްޔިތުން ދައްކަމުން އައި 7500 ރުފިޔާގެ ބަދަލުގައި 7 އަހަރު ދުވަހުގެ މުއްދަތައް، ކޮންމެ މަހަކު 5300 ރުފިޔާ ދައްކާގޮތައް މިހާރު ހަމަޖައްސާފައިވާއިރު، މިބަދަލާއެކު 7 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީގެ އިތުރުން، މެއިންޓެނެންސްފީއާއެކު، ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދަކީ 6300 ރުފިޔާއެވެ. އަދި އެ 7 އަހަރު ނިނުމަށް ފަހު، ކުލި އަނެއްކާވެސް 7500 ރުފިޔާއަށް ބަދަލުވާނެއެވެ.
ސަރުކާރުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރިކަމަށް ބުނި ނަމަވެސް ހިޔާ ފްލެޓްތަކުގެ ކުއްޔަށް އައި ބަދަލަކީ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރު ކުރުމުން އައި ބަދަލެކެވެ. އަދި ސަރުކާރުން މިކަން ކުރި ގޮތާއިމެދު ގިނަ ފާޑުކިޔުންތަކެއްވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މީގެއިތުރުން، ހިޔާއިން މިހާރު ހުސްވެފައިވާ 145 ފްލެޓް ދޫކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާއިރު ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ދާއިމީ ލިސްޓުން ބޭރުން ހިޔާ ފްލެޓްތައް ބަހާކަމުގެ ޝަކުވާ ބޮޑުވެ، މި މައްސަލައިގައި ސަރުކާރުން ގެންގުޅެނީ 100 އިންސައްތައިގެ ކޮރަޕްޝަން ޕޮލިސީއެއްކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ވަނީ މީގެކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ