2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލީ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ނިންމައި އެ މައްސަލައިގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި އެކަމުގެ ރިޕޯޓް އެކުލަވާލާފައިވަނީ އިއްޔައެވެ. އެޗްއާރްސީއެމްއިން ވިދާޅުވީ އެ މައްސަލައިގައި އިހުމާލުވީ ފަރާތްތަކާއި މެދުގައި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 51 އަހަރުގެ އަބްދުﷲ ރަޝީދު ޖަލަށްލީ ފަސް އަހަރަށެވެ. ނަމަވެސް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.އަބްދުﷲގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއިން ބުނީ މޯލްޑިވްސް ކަރެކްޝަން ސާވިސް އިން އޭނާއާއި މެދުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެކަށީގެންވާ ބޭސްފަރުވާ ދީފައި ނުވާ ކަމަށެވެ.
އަބްދުﷲގެ މަރުގެ މައްސަލަ މަރުތަައް ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ކޮމެޓީއިންވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ.
މޭޑޭގައި ހައްޔަރުކުރި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުޤީޤު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ