އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވުމާ އެކު، ތެލުގެ އަގު ފީފާއަކުން 4 ޑޮލަރު ބޮޑުވެއްޖެ އެވެ.
ތެލުގެ އަގު ބޮޑުވީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން ސަޕްލައި ޗޭނަށް ބުރޫ އެރުމުންނެވެ.
ބްރެންޓް ކްރޫޑްގެ އަގު ވަނީ 4.16 ޑޮލަރު އުފުލި، 105.45 ޑޮލަރަށް އަރައިފަ އެވެ.
"ތެލުގެ ބާޒާރު ޖިއޯޕޮލިޓިކަލް ސުރުހީތަކުގެ މެޝިނެއް ފަދައިން ވިޔަފާރި ކުރަމުން އަންނަ އިރު، ވޮޝިންޓަން އާއި ތެހެރާނުން އަންނަ ކޮންމެ ވާހަކައެއް، ރިޖެކްޓް ކުރާ ނުވަތަ އިންޒާރެއްގެ މައްޗަށް ބިނާކޮށް އަގުތައް ވަރަށް ބޮޑަށް އުފުލިގެން ދިޔައީ،" ފިލިޕް ނޯވާގެ ސީނިއާ މާކެޓް އެނަލިސްޓް ޕްރިޔަންކާ ސަޗްދޭވާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު އީރާނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.
"މާކެޓްގެ ސަމާލުކަން މިހާރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ދިމާއަށް،" ސަޗްދޭވާ ވިދާޅުވި އެވެ.
އީރާނުގެ މައްޗަށް ޗައިނާގެ އޮންނަ ނުފޫޒު ބޭނުންކޮށްގެން، ހަނގުރާމަ ހުއްޓާލުމަށާއި ހޮރްމޫޒް ކަނޑުއޮޅީގެ ހަމަނުޖެހުން ހުއްޓުވުމަށް ގެނެވިދާނެ ކަމަށް އޭނާ އުންމީދު ކުރެވެ އެވެ.
ސައުދީ އަރަމްކޯގެ ސީއީއޯ އަމީން ނާސިރު ވިދާޅުވީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ދުނިޔެއިން 1 ބިލިއަން ފީފާގެ ތެޔޮ ގެއްލިފައިވާ ކަމަށާއި އަލުން ފެށުނު ނަމަވެސް ހަކަތައިގެ ބާޒާރު ހަމައަކަށް އެޅެން ވަގުތު ނަގާނެ ކަމަށެވެ.
އީރާނުގެ ޖަވާބާ އެކު ތެލުގެ އަގުން 4 ޑޮލަރު އުފުލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ