ޕްރިންޓް ނުކުރެވިގެން އީ-ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި

ދިވެހި 'އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓް' ޕްރިންޓް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ނުގެނެވި ލަސްވެގެން، އެ ފަދަ ޕާސްޕޯޓު ދޫކުރުން މެދުކަނޑާލައިފި އެވެ.
ތަފްސީލް - އިމިގްރޭޝަނުން މިއަދު ބުނިގޮތުގައި ނުގެނެވި ލަސްވަނީ، އީ-ޕާސްޕޯޓް ޕްރިންޓު ކުރުމަށް ބޭނުން ކުރާ 'ޕާސްޕޯޓް ބުކްލެޓް'ގެ ސްޓޮކެވެ. އެހެންވެ، މާދަމާއިން ފެށިގެން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ މީހުންނަށް ދެން ދޫކުރާނީ 'ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް' ކަމަށް ބުންޏެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި:
މިގޮތަށް ނިންމީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް
ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިކާއޯ)ގެ މިންގަނޑުތަކާ އެއްގޮތް އެއްޗެއް
މިއީ ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެއް
އީ-ޕާސްޕޯޓު ދޫކުރަނީ 1،000 ރުފިޔާ އަށެވެ. އެކަމަކު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާ އެވެ.
އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުން ވެއްޖެ ނަމަ، 'ކެންސެލޭޝަން ފީ'އަކާ ނުލައި އެކަން ކޮށްދޭނެ ކަމަށެވެ. މީގެ ކުރިން އެ ހާލަތުގައި ފީއެއް ނަގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ