ކުޅުދުއްފުށީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދައިފި، ވަޅުލުން ހަވީރު

ގޮތްނޭންގޭ މަރުތަކުގެ ހަގީގަތް ހޯދާ ތަހުގީގު ބޭނުމަށް ޕޯސްޓްމޯޓަމް ހަދަ އެވެ.
ކުޅުދުއްފުށީ ސިޓީ ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދައިފި އެވެ.
ފަޅުތެރޭ މަރުވެފައި އޮއްވާ ފެނިފައި ވަނީ ކުޅުދުއްފުށި ޑެއިޒީފެހި, އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހު އެވެ.ފުލުހުން ބުނީ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަށް ފަހު އިންޑިއާ އިން ރާއްޖެ ގެނައީ މިއަދު ހެނދުނު ކަމަަށެވެ. އާއިލާ އިން މިހާރު ވަނީ މިއަދުގެ އަސުރު ނަމާދަށް ފަހު އޭނާގެ ޖަނާޒާ ބާއްވަން ނިންމާފަ އެވެ.ގޮތްނޭންގޭ މަރުތަކުގެ ހަގީގަތް ހޯދާ ތަހުގީގު ބޭނުމަށް ޕޯސްޓްމޯޓަމް ހަދަ އެވެ. އާއިލާ އިން ދެކޮޅު ހެދިޔަސް އެކަން ކުރާނެ އެވެ.މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު، ނ. ހޮޅުދޫ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ވެސް މަރުވެފައި އޮއްވާ ފެނުނެވެ. ކަރުގައި ފުން ޒަހަމެެއް ހުއްޓެވެ. ކައިރީގައި ބޮޑު ވަޅިއެއް އޮތެވެ. ޒަކިއްޔާގެ ހަށިގަނޑު ވެސް އޮތީ ޕޯސްޓްމޯޓަމަށް ރޭ މާލެ ގެނެސްފަ އެވެ.އޭގެ ކުރީން މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކޮށް ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މަރުވި ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރުގެ ހަށިގަނޑު ވެސް ޕޯސްޓްމޯޓަށް އިންޑިއާ ފޮނުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ