ގާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށް ބުނެ، އެމްޑީޕީން ޑިސެމްބަރު 10 ވަނަ ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި “ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން” ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފައެވެ. މި ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ވެސް މެއެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހަރުގެ ޖަލްސާގައި ފާހަގަކުރި ގޮތުގައި، އެތައް ޒަމާނެއް ވަންދެން ވެރިންގެ އަޅުންގެ ގޮތުގައި ތިބުމަށްފަހު، މިހާރު އަނެއްކާވެސް ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މި ޖަލްސާއަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީއަށް ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ގެނެވޭ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ރައްޔިތުންނަށް މާލެއަށް އައުމަށް އެމްޑީޕީން ދަޢުވަތު ދީފައިވެއެވެ. މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ސަރުކާރުން މިދިޔަ ހަފްތާގައި ގާނޫނުއަސާސީއަށް ގެނައި ކުއްލި އިސްލާހުތަކާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
މިއަދު ގިނަ ރައްޔިތުން، ހާއްސަކޮށް އަތޮޅުތަކުގެ މަސްވެރިން ގަބޫލުކުރާ ގޮތުގައި މިހާރު ސަރުކާރު ގެންގޮސްފައިވާ ހިސާބުން ހުއްޓި ތިބެވޭކަށް ނެތެވެ. އެހެންކަމުން ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަދި ވެރިކަމެއް ޚުދުމުޚްތާރުވެ, ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފެށުމުން, ދެން އެ ސަރުކާރެއް ހަމަމަގަށް އެޅުވެން އޮންނާނެ ހަމައެކަނި މަގަކީ ރައްޔިތުންނަށް މަގުތަކަށް ނިކުމެ ޒިންމާދާރުކޮށްގެން ކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ގާނޫނުއަސާސީގެ ދިފާއުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް މީހުން ޖަމާވުމަށް ތައްޔާރު ވަނީ! މި ސަރުކާރު ޒިންމާދާރު ކުރުވުމަށް ރައްޔިތުން އިހުތިޖާޖަށް ނިކުތުން ވާޖިބު ވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ