ޢާންމުކޮށް ކުރާނެ ރަނގަޅު ދުޢާތައް އޮޅުންފިލުވަން ގިނަބައަކު ބޭނުންވާތީ މިރޭ ބުނެލައިދޭން މިމަސައްކަތްކުރަނީ އެންމެހައި ނުރައްކާތަކުން ސަލާމަތްވެ ހުރެވޭނެ ދުޢާއެކެވެ. އަހުރެންގެ ބުނުމަކުން ނޫނެވެ. ޙަދީޘްފުޅުންނެވެ.
ޖިންނި ޝައިޠޯނުންނާއި މީސްތަކުންނާއި އެންމެހައި ދިރޭތަކެތީގެ ނުރައްކަލުންނާއި ނުބައިކަމުންވެސްމެއެވެ. ބިންހެލުމާއި ހޮނުއެޅުންފަދަ މުޞީބާތްތަކުންވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ ހާޓްއެޓޭކް ޖެހުމާއި އެނޫންވެސް ޞިއްޙީ ކުއްލި ނުރައްކާތަކުންވެސްމެއެވެ.
މިއީ ރަސޫލް ﷺ ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ފަތިސްނަމާދަށްފަހުގައާއި ޢަޞްރުނަމާދަށްފަހު މިދުޢާ 3 ފަހަރުކިޔާށެވެ. އަދި މިބުނި އެންމެހައި ކަންކަން ޙާޞިލްކުރެވޭނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ. އެހެން މިބުނަނީ ރަސޫލް ﷺ މިވެނިކަމެއް ނުވާނެ ކަމަށް ނުވަތަ ވާނެކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން ފުރަތަމަވެސް އޮތީ އެކަން އެގޮތަށް ޔަޤީންކުރުން ކަމުގައިވާތީއެވެ.
بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުން:
https://duas.com/dua/238/dua-and-remembrance-in-the-morning-and-evening-5
ޝައިޠޯނުންގެ ކިބައިންނާ ހުރިހާ ނުރައްކާތަކުން ސަލާމަތްވެހުރުމަށް 2 އިރު މި ދުޢާކުރައްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ