އެމްޑީޕީން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި ކޮންމެވެސް ކޮޅެއްގައި ޖެހޭ ގޮތަށް ވާހަކަ ދެއްކުމަށް ޕީއެންސީ
ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު
އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ކޮޕީރައިޓްއާ ބެހޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލު އިގްތިސާދީ ކޮމިޓީން
ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގައި
ބަހުސް ކުރައްވަމުންނެވެ.
މެންބަރު ވިދާޅުވީ ބިލު
ކޮމިޓީއަށް ފޮނުވުނީ މަޖިލީހުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެއްވުމަށް
ފަހުގައި ކަމަށެވެ. ފަލާހު އެމްޑީޕީގެ ބޭފުޅުންނަށް ރައްދު ދެއްވަމުން ވަނީ އެމްޑީޕީއަށް
ރަނގަޅު އެއްވެސް ގޮތެއް އެބައޮތްތޯ ސުވާލު ކުރައްވާފައެވެ.
ފަލާހު ވިދާޅުވީ ސަރުކާރުން އަލަށް ފޮނުވާ ބިލެއް ކަމުގައިވިޔަސް، ހެދިފައި ހުރި ގާނޫނަކަށް އިސްލާހު
ފޮނުވިކަމުގައި ވިއަސް، މިއަދުގެ ސަރުކާރުން ފޮނުވާ އިސްލާހުތަކަކީވެސް،
ގާނޫނުތަކަކީވެސް ދެކޮޅުޖެހޭ ގޮތަށް، ރައްޔިތުންނާއި ގައުމަށް ފައިދާހުރި ގޮތަށް ފޮނުވާ
ބިލްތަކެއް ކަމަށެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ ކޮޕީރައިޓްއާ
ބެހޭ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށާއި ބަޔަކު ވަރަށް އުނދަގުލުން ކުރާ
މަސައްކަތެއް ބައެއް މީހުން ކޮޕީ ކޮށްލައިގެން ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ.
ހަމަމިއާއެކު ފަލާހު ވިދާޅުވީ
ބިލުގެ ސަބަބުން ފަންނުވެރިން ކުރާ މަސައްކަތުގެ ހައްގު އެބޭފުޅުންނަށް
ކަށަވަރުވާނެ ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ
ކޮމިޓީ މަރުހަލާގައި ހުށަހެޅޭ ބިލުތަކަށް ވަރަށް ގިނަ ދިރާސާތައް ކުރާ ކަމަށާއި
ކަން ކުރަނީ މީގެކުރިން 19 ވަނަ
މަޖިލީހުން ކަން ކުރިގޮތަކަށް ނޫން ކަމަށެވެ. އޭރުގެ މަޖިލީހުން ކަންކަން ދިރާސާ
ނުކުރާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައްޔިތުންނަށް
ހިލޭ ހިދުމަތެއް ކޮށްދިނުމަށް ތިބެން އެމްޑީޕީއަށް އުނދަގޫވާނެ ކަމަށާއި އެމްޑީޕީ
މެންބަރުންގެ ވާހާކަ ގިނަވެގެން އުޅެނީ އެ ސަބަބާހުރެ ކަމަށެވެ.
އެމްޑީޕީން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ: މެމްބަރު ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ