ޕީކް ސީޒަނާ ދިމާކޮށް ސްޓެލްކޯއިން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރަނީ

ހޫނު މޫސުމާ ދިމާކޮށް މާލެ ސަރަހައްދުގެ ކަރަންޓު ވިއުގާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.އެގޮތުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުުރުކުމަށް، އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު އެތަނުގައި ބެހެއްޓެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.މީގެ އިތުރުންވެސް މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓިީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.މި އިންޖީނުގެއިން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ތިލަފުށީގެ އިތުރުން ގުޅީފަޅަށްވެސް ކަރަންޓު ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ބުނެއެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ