ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ 230 އަށްވުރެ ގިނަ މެޝިނަރީ ރާއްޖެ ގެނެސްފި

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދުތައް ރާއްޖެ ގެނެސް، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައިވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މިހާ ގިނަ އަދަދެއްގެ މެޝިނަރީ އާއި އުޅަނދު އެއްފަހަރާ ރާއްޖެ ގެނައި ފުރަތަމަ ފަހަރެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް ފެއްޓެވި މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން މެޝިނަރީތައް ގެނައުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުނި ކަމަށްވާ ޗައިނާގެ އެކްސްސީއެމްޖީ އާއި، ސަރުކާރުން އުފައްދާފައިވާ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ