މިދިޔަ މާރިޗް މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ގައި 1.33 ބިލިއަން ޑޮލަރު ހުރިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ފެބްރުއަރީގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 1.27 ބިލިޔަން ޑޮލަރެވެވެ. ނަމަވެސް މާރިޗު މަހު މިއަދަދު އިތުރުވެ، 1.33 ބިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ. މިއީ %4.7 ގެ ކުރިއެރުމެކެވެ. މިއީ ރަސްމީ ރިޒާވް މިހާތަނާށް އެންމެ މަތިވި ފަހަރެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް، ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 337 މިލިޔަން ޑޮލަރުގައެވެ. ނަމަވެސް މާރިޗު މަހުގެ ނިޔަލަށް މިއަދަދު 400 މިލިޔަން ޑޮލަރު ހުރަސްކޮށްފައިވެއެވެ. މާރިޗުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ގާތް ގަނޑަކަށް، 409 މިލިޔަން ޑޮލަރު ހުރިއިރު، މިއީ %21.3 ގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވް 1.33 ބިލިއަން ޑޮލަރަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ