ފެކްޓް ޗެކް: ހޯރަފުށީގައި މަޝްރޫއުތައް ނުފެށި ހުރީ ކައުންސިލުން ބިން ހަވާލުނުކުރާތީ އެއްނޫން!

ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ލޯކަލް ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފަ އެވެ.ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެތައް ރަށެއްގައި ސޮއިކޮށްފައިވާ މިސްކިތްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ނުފެށިގެން އުޅެނީ ކައުންސިލްތަކުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.ރައީސްގެ މި ވާހަކަތަކާއި ގުޅިގެން ހޯރަފުއްޓަށް ނަޒަރު ހިންގާލާއިރު ހަމަ ޔަގީނުން ވެސް "ހޯރަފުށީގެ ތަރައްގީ ހުއްޓިފައި" އޮތީ އެ ރަށު ކައުންސިލުން ބިން ދޫނުކޮށްގެން ނޫންކަން ސާފުވެ އެވެ.ސަރުކާރުން އެކި ކަހަލަ މަޝްރޫއުތަކަށް ހޯރަފުށިން ދޫކުރެވިފައިވާ ބައެއް ބިންތަކުގެ ތެރޭގައި:ޖޮގިން ޓްރެކް ހެދުމަށް 16 މެއި 2024 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްސިފައިންގެ މަރުކަޒު ހެދުމަށް 12 ޖަނަވަރީ 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްއައުޓްޑޯ ޖިމް ހެދުމަށް 12 މާރޗް 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްޔޫތް ސެންޓަރު ހެދުމަށް 12 މާރޗް 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްފުޓް ސަލް ދަނޑު ހެދުމަށް 22 ޖޫން 2025 ގައި ވަނީ ބިމެއް ދޫކުރެވިފައި - ނަމަވެސް މަސައްކަތުގެ ހިލަމެއް ނެތްބިމުގެ ދަތިކަން މިހާރު ވެސް އޮތް ހޯރަފުށިން މިފަދަ ބިންތަކެއް ދޫކުރެވި އެތަންތަނުގެ މަަސައްކަތް ނުފެށި ރައްޔިތުންނަށް ފައިދާ އެއް ނުވުމުގެ ކަން ބޮޑުވުން ރައްޔިތުންގެ ހޮޅުއަށި ތަކުގައި މިހާރު ވެސް ކުރާއިރު ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވެސް މިހާރު ވަނީ ގަދަވެފަ އެވެ.އިތުރަށް ކިޔާލަން: ހޯރަފުށި ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ގަދަވެއްޖެ!ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ލޯކަލް ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވެސް ވަނީ އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.މޭޔަރު އާތިފް ވިދާޅުވީ، ރައީސް އެފަދަ ވާހަކަފުޅެއް ދައްކަވަނީ ރައީސަށް އަމިއްލަފުޅު ބާރުތައް ނޭނގުމުން ނުވަތަ ވަޒީރުން ދެއްވާ ނުބައި މައުލޫމާތެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ ހަގީގަތް އެނގިހުރެ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަވާ ވާހަކައެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އާތިފް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ރަށެއްގެ ކައުންސިލަކުން އެ ރަށަކަށް އަންނަ ތަރައްގީ ހުއްޓުވާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.އޭގެ ބަދަލުގައި ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ކަމުގެ ކިތާބީ ހެކި އެބަހުރި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ކުޅުދުއްފުށީގައި އަޅަން ނިންމި 150 ހައުސިން ޔުނިޓާއި، އޮޑި ހަރުގެ އެޅުމަށާއި އިގުތިސާދީ ކަންކަމަށް ބިން ދޫކުރުމާއި، ތެލާއި ގޭހުގެ ވިޔަފާރި ފަދަ ކަންކަން ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.މީގެ އިތުރުން ކައުންސިލުން ފަށަން އުޅުނު ޕްރީ-ސްކޫލް ހިދުމަތާއި، މިސްކިތު ޓްރަސްޓް ފަންޑާއި، މުވައްޒަފުން ނެގުން ފަދަ ކަންކަމަށް ވެސް ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް ވިދާޅުވެ، ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލާތީ މޭޔަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.  އިތުރަށް ކިޔާލަން: ކުރީގެ ދެ އިންތިހާބުގައި ހޯރަފުއްޓަށް ވީ ވައުދުތައް އަދި ހުރީ ރޮލާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ