ދިރާގުގެ 88 މުވައްޒަފެއްގެ ހިދުމަތް ފާހަގަކޮށް އެވޯޑް ދީފި

ދިރާގުން އެ ކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ.މި ހަފުލާއަކީ އެ ކުންފުނީގެ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މުވައްޒަފުންގެ ހީވާގި މަސައްކަތާއި ހުނަރުވެރިކަން ފާހަގަކޮށް އަގުވަޒަންކުރުމަށް ބޭއްވުނު ހާއްސަ ހަފްލާއެކެވެ.މި އެވޯޑް ހަފުލާއަކީ ދިރާގަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި މަސައްކަތުގެ މައިދާނުގައި ނަމޫނާ ދައްކައިފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދިރާގުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުހިންމު ހަފްލާއެކެވެ.މީގެ އިތުރުން، މިއީ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި ކުރިއެރުމަށް މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ ހަފްލާއެކެވެ.ދިރާގަކީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ