“އަދަދު” ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފް ކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ބުނެފައިވަނީ، އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމްއިއްޔާއަށް ނެތް ކަމަށެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރެފައިވަނީ “އަދަދު” ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ.
އެ އަމުރުގައި އަންގާފައިވަނީ “އަދަދު” ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. މީގެ އިތުރުން މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ ވާހަކަ ދެއްކުމާއި، ޝަރީއަތާ ގުޅުންހުރި ލިޔުންތައް ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ނޫސްވެރިންނަށް ކުރި ހުކުމާމެދު ޓްރާންސްޕޭރެންސީގެ ސީރިއަސް ކަންބޮޑުވުންތަކެއް ރައީސްގެ ޑޮކިއުމަންޓަރީގެ ވާހަކަ ދެއްކުން މަނާކޮށްފައިވަނިކޮށް ހަބަރު ފެތުރި މައްސަލަ ކޯޓަށް އެޑިޓަރުންނަށް ކުރާ ދައުވާތަކަކީ ނޫސްވެރިން ބިރުގަންނުވަން ކުރާ ކަމެއް: ސީޕީޖޭ ޕީއެސ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ