ކޮންމެ މީހަކު ކާމިޔާބު ކުރިޔަސް ސަރުކާރު ޖަވާބުދާރީ ކުރަން ޕާޓީއާ އެކު ހުންނާނަން: ސޯލިހު
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެމްޑީޕީގައި ދެމިހުންނަވާނެ ކަމަށާއި އެ ޕާޓީގެ މަސައްކަތް އެއް ގިއަރު މައްޗަށް ޖައްސަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ އިންތިހާބުގައި ފެނިގެންދަނީ ޑިމޮކްރަސީއަށް ފައްކާވަމުން އަންނަ މަންޒަރު ކަމަށެވެ.ޕާޓީގެ އެތެރޭގެ ވާދަވެރި އިންތިހާބެއް އޮމާންކަމާ އެކު ކުރިއަށްދާއިރު ވޯޓުލުން ކުރިއަށްދަނީ ޝައުގުވެރިކަމާ އެކު ކަމަށް ސޯލިހު ވިދާޅުވި އެވެ."އެމްޑީޕީ، އެމްޑީޕީގެ ގޮތުގައި މިހާތަނަށް މި އޮތީ މިފަދަ ފުރުސަތުތައް ފުޅާކޮށް އެންމެންނަށް ހުޅުވިފައި އޮތީމާ،" އެމަނިކުފާނު ވިދާޅުވި އެވެ.މީގެ ކުރިން 2023 ވަނަ އަހަަރުގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު، ނަޝީދު އެމްޑީޕީ ދޫކުރެއްވި ދޫކުރެއްވުން ތަކުރާރުވެދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޞާލިހް ވަނީ އެ މިސްޓޭކް ދެން ތަކުރާރުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ."އަޅުގަނޑު ހިތުން އެ މިސްޓޭކް ދެން އަޅުގަނޑުމެންގެ ތެރޭގައި ހަދައިގެން ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު 14:30 އިން ފެށިގެން ކުރިއަށްދާއިރު، އިންތިހާބުގެ ވޯޓުލުން ރޭގަނޑު 21:00 އާ ހަމައަށް ކުރިއަށްގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ