"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ފުލުހުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިއީ މިޑުލް މެނޭޖްމަންޓުގައި މަސައްކަތްކުރާ އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިއަދު ފެށި މި ޕްރޮގްރާމްގެ މަގްސަދަކީ އޮފިސަރުންގެ ލީޑާޝިޕް ހުނަރާއި، އިދާރީ ހިންގުމާއި، ކަންކަމުގައި ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކުރުމާއި ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކުރުން ކަމަށް ފުލުހުން ބުންޏެވެ.
"ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ފުލުހުންނަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ފުލުހުން
މީގެއިތުރުން ފުލުހުން ބުނީ މަހަކު އެއް ސެޝަން ނުވަތަ ދެ ސެޝަން ހިމެނޭހެން ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ސްޓްރެޓީޖިކް ލީޑާޝިޕް، އަހުލާގީ މިންގަނޑުތައް އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން އެކި މާހިރުން ބައިވެރިވެ ފުލުހުންނަށް ތަމްރީނު ކޮށްދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ