މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މ. ދިއްގަރުގައި އެ ބޭންކުގެ އާ ސޭލްސް ސެންޓަރަކާއި، އޭޓީއެމްއެއް ހުޅުވައިފިއެވެ.
މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަޙްމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެއްކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ. އަދި، އަލަށް ޤާއިމުކުރި މި ސޭލްސް ސެންޓަރުން ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭއިރު، އަލަށް ހުޅުވުނު އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ހާމަކުރެއެވެ.
އެމްއައިބީން ވިދާޅުވީ މި ޚިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިންގ ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށެވެ. މީގެ އިތުރުންވެސް އެ ބޭންކުން ގެންދަނީ މާލީ ޚިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމުގެ ގޮތުން މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތްދޭ މަރުކަޒުތަކާއި އޭޓިއެމްތައް ޤާއިމުކުރަމުންނެވެ.
ދިއްގަރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ