ކަރަންޓުގެ މައްސަލައިގެ އަސްލަށް ގޮސް، ދާއިމީ ހައްލެއް ގެނެވޭނެ މުއްދަތެއް ރައްޔިތުންނަށް ދޭން ޖެހޭ: ލަތީފް

ކަރަންޓުގެ މައްސަލައިގެ އަސްލަށް ދާން ޖެހޭކަމަށާއި، ދާއިމީ ހައްލެއް ގެނެވޭނެ މުއްދަތެއް ރައްޔިތުންނަށް ދޭން ޖެހޭކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެެއްޖެއެވެ.
ކަރަންޓު ބިލު ބޮޑުވަމުންދާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ހުށައެޅުއްވި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ހަގީގަތުގައި ކަރަންޓު ބިލު ބޮޑުކަމަށެވެ.
މިދިޔަ ސަރުކާރުގައި އާއި އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ބިލުތައް ބޮޑުކަމުގެ ޝަކުވާ އިވެމުންދާކަމަށް ލަތީފް ވިދާޅުވިއެވެ. މިއީ ހަމައެކަނި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެއް ނޫންކަމަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެއްކަން ލަތީފް ފާހަގަކުރެއްވިއެވެ.
ލަތީފް ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް އެކި ނަން ނަމުގައި ލުއިތައް ދެމުން އަންނަކަމަށް ފާހަގަކޮށް ލަތީފް ވިދާޅުވީ، ސަބްސިޑީ ނުވަތަ ކުޑަ އެހީއެއް ދިން ނަމަވެސް ރައްޔިތުން ހިތް ހަމަ ޖެހުމަކަށް ނާންނަކަމަށެވެ. މިކަމަށް ރައްޔިތުން ބޭނުންވަނީ ދާއިމީ ހައްލެއްކަމަށާއި، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތީ މި މައްސަލައަށް ހައްލެ ނުލިބި ދާއިމީ މައްސަލައަކަށްވެފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ.
ކަމާއި ބެހޭ މުއައްސަސާތަކުން ބުނާ ގޮތުގައި ބިލު ބޮޑުވަނީ ރައްޔިތުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީކަމަށް ފާހަގަކޮށް ލަތީފް ވިދާޅުވީ، ހޫނު މޫސުން އައުމުން ކަރަންޓު ބޭނުން ކުރާ މިންވަރުވެސް އިތުރުވާނެކަމަށެވެ. މައްސަލައަށް އޮތް ދާއިމީ ހައްލަކީ ކަރަންޓު ބިލު ބޮޑުވާ ސަބަބު ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުންކަމަށް ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ކަރަންޓު ބޭނުން ކުރާ މިންވަރު ކުޑަ ކުރުމަކީ ރައްޔިތުން ގަބޫލުކުރާ ހައްލެއް ނޫންކަމަށެވެ. ނުދެވިގެން މިއުޅެނީ މައްސަލައިގެ އަސްލަށްކަމަށް ފާހަގަކޮށް ލަތީފް ވިދާޅުވީ، މައްސަލައިގެ ދާއިމީ ހައްލަށް ދާން ބޭނުންވަނީ ކިހާ މުއްދަތެއްކަން އެނގެންވެސް ރައްޔިތުން ބޭނުންވާކަމަށް ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ