ދިރާގުން ދޭ ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުން މި ހުކުރުގައި

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ލޯންޗު ލިބޭ ނަސީބުވެރިޔާ ހޮވުމުގެ ގުރުއަތު ނެގުމަށް ބާއްވާ ހާއްސަ އިވެންޓް މި ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އިވެންޓް އޮންނާނީ މި ހުކުރު ދުވަހުގެ ހަވީރު 4ގަ އެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ އެކު އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެވޭ ގޮތަށެވެ. އެހެންކަމުން، މި ހާއްސަ އިވެންޓްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދުކޮށްލުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދޭނީ:
އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެއް 
މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ލޯންޗެއް 
މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ހިމެނޭ
ދިރާގުން ދޭ ދެވަނަ ލޯންޗު ލިބޭނީ މިދިޔަ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ލަކީޑްރޯގައި ބައިވެރިވުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ:
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން 
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން
ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށް ވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުން
މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ