ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. މި ދެ ބޭފުޅުން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 ގައެވެ.
ކުރީގެ ރައީސް މައުމޫން އަދި ފާރިސް ހައްޔަރުކޮށްފައިވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތާއި އަދި ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސު އޮޅުވަލުމުގެ ތުހުމަތު ކޮށްފައިވާއިރު، މީގެކުރިން ކުރީގެ ރައީސް މައުމޫންގެ މައްޗަށް ވަނީ ފުލުހުންގެ ތަހްގީގަށް ފޯނު ނުދިން މައްސަލައިގައި ހުކުމް އިއްވާފަ އެވެ.
މި ދެބޭފުޅުންގެ އިތުރުންވެސް އެކެއް ފެބްރުއަރީގެ އަމުރަށްފަހު ހައްޔަރުކުރި ގިނަ ބައެއްދޫކޮށްލުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
މައުމޫން އާއި ފާރިސްގެ ބަންދާއި މެދުވެސް މިއަދު ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ