ޕީޕީއެމް އުވާލުމަށް މެމްބަރު ފަލާހު ވިދާޅުވާ ޗެޓްލޮގެއް

ރަނގަޅު ކަމެއް ކުރާނަމަ ކުރަންވީ ކަމަކީ ވީއެންމެ އަވަހަކަށް ޕީޕީއެމް އުވާލުން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވި ޗެޓްލޮގެއް އާއްމުވެއްޖެއެވެ.
ޕީޕީއެމްގެ ކައުންސިލް ވައިބާ ގްރޫޕްގެ ތެރޭގައި އިއްޔެ އިއްވި ހުކުމަށްފަހު ދެކެވުނު ވާހައެއްގެ ތެރެއިން ފަލާހު ވަނީ ކަމެއް ރަނގަޅަށްކުރާނަމަ ރޭ ޕީޕީއެމްގެ ކައުންސިލް ކުއްލި ބައްދަލުވުމެއް ބާއްވައި ޕީޕީއެމް އުވާލަން މިއަދު އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމަވީ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާއެކު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވަނީ އިނގިރޭސި ބަހުން "ކީކޭ ފަލާހް؟" ވިދާޅުވެ މެސެޖު ކުރައްވާފައެވެ.
ލީކުވެފައިވާ ޗެޓްލޮގްއަކީ އަސްލު ޖެޓްލޮގެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ޔަގީންކޮށްދެއްވާފަ އެވެ. އަދި ފަލާހު އަމިއްލައަށްވެސް ވަނީ އެއީ އެބޭފުޅާ ފޮނުއްވި މެސެޖެއް ކަމަށާއި އޭގައި ދޮގެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިއްޔެ ސްޕްރީމް ކޯޓުން އިއްވި ހުކުމް އާއި ގުޅިގެން ޕީޕީއެމްގެ ކައުންސިލް ވައިބާ ގުރޫޕްގައި އެއްވެސް ބޭފުޅަކު މާޔޫސްނުވުމަށް އެދި ރައީސް ޔާމީން ކޮށްފައިވާ މެސެޖެއްވެސް އިއްޔެ ލީކުވި ޖެޓްލޮގުން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ