ވެރިކަން ވައްޓާލުމުގެ މަސައްކަތް ސަރުކާރު ތެރެއިންވެސް ފަށާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނާ ހަބަރެއް ޓްވީޓްކޮށް ޑރ.ޝަހީދު ވިދާޅުވީ އެކަން ސަރުކާރު ތެރެއިންވެސް ފަށާފައިވާ ކަމަށެވެ. Thiya kanthah othee sarukaaru ge ethereynves fashaafa! https://t.co/6F7yDpjlp9— Ahmed Shaheed (@ahmedshaheed) December 22, 2018
ޑރ.ޝަހީދު މިހެންވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުން ހުށަހެޅި ބިލްތައް ފާސްނުކޮށް ވަނީ ޗުއްޓީއަށް ގޮސްފައެވެ. އަދި ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ރައީސް ޔާމީނާއި ސިޮއްރު ވާހަކަ ތަކެއްް ދެކެވެމުންދާ ކަމަށްވެސް އަޑުތައް ފެތުރެމުންދެއެވެ.
މިކަންތައްތައް މިހެން ހުއްޓާ ފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނާއި ބައްދަލުކުރައްވާ ކޮންމެ ފަހަރަކު ޖޭޕީގެ ލީޑަރަށް އެތައް ތައުރީފެއް ކުރައްވައި ކޯލިޝަން ތެރެއިން ނިކުމެގެން އައުމަށް އަންނަނީ ދައުވަތު އަރުވަމުންނެވެ.
ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވެފައިވބާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް އެކުގައި ވާދަ ކުރާނެ ގޮތަކާއި ގުޅިގެންނެވެ. އެމްޑީޕީން އިސްވެ އޮވެ، ކޯލިޝަންގެ އިސްފަރާތްތަކާއެކު އެކަމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހުވެސް އެއްބަސްވުމަކަށް ނާދެވިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 86 ދާއިރާއަށެވެ.
ވެރިކަން ވައްޓާލުމުގެ މަސައްކަތް އޮތީ ސަރުކާރު ތެރެއިންވެސް ފަށާފައި: ޑރ.ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ