ހއ. އިހަވަންދޫގައި ސްކޫލް ކުދިންތަކެއް އޮރިޔާން ފިލްމް ބެލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ ކުޑަ ކުދިންތަކެއް އޮރިޔާން ފިލްމު ބެލި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ގްރޭޑް ހަތެއްގައި ކިޔަވާ 10 ވަރަކަށް ކުދިން ހިމެނެ އެވެ.
އިހަވަންދޫ ކައުންސިލުން ބުނީ އިއްޔެ ހެނދުނު އެ މައްސަލަ ފެންމަތިވީ، ގްރޭޑް ހަތެއްގައި ކިޔަވާ ދެ ކުއްޖަކު އެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެފަދަ ފިލްމެއް ބަލަން ތިއްބައި އެގޭގައި އުޅޭ މީހަކަށް ފެނިގެން ރިޕޯޓު ކުރުމުން ކަމަށެވެ. އަދި އެ ދެ ކުދިންގެ އިތުރުން އިތުރު ކުދިންތަކެއް އެ މައްސަލާގައި ހިމެނޭ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ކައުންސިލުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރާ ހުރިހާ ކުދިން ވެސް ސްކޫލަށް ކިޔަވަންދާ ކަމަށެވެ.
ސްކޫލް ކުދިންތަކެއް އޮރިޔާން ފިލްމެއް ބެލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ