އުފާވެރި މަންޒަރެއް، މަރުހަބާ ގާސިމް: ރިޔާޒް ރަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މާލެ ވަޑައިގަތުމާއި ގުޅިގެން ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕްގެ ނާއިބް ލީޑަރު ރިޔާޒު ރަޝީދު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޓްވިޓާ މެދުވެރިކުރައްވާ ރިޔާޒް ވިދާޅުވީ މިއީ އުފާވެރި މަންޒަރެއްކަމަށެވެ. އަދި ގާސިމް އިބްރާހިމަށް މަރުހަބާ ދަންނަވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި ޓްވީޓްގައި ރިޔާޒް ވަނީ ގާސިމްގެ އިތުރަށް އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ގާސިމްގެ ބައެއް ދަރިކަލުންނާއި، ދަރިކަނބަލުން ފެންނަ ފޮޓޯއެއް ޓްވީޓްކުރައްވާފައެވެ.
ގާސިމް އިބްރާހީމް މާލެ ވަޑައިގެންފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަފާލާތުގެ ދަށުން ހައިކޯޓުން އެމަނިކުފާނު މިނިވަން ކުރުމަށް ނިންމުމާ ގުޅިގެންނެވެ.
ރިޝްވަތު ދެއްވި ކަމަށް ބުނެ ކުރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާ ދެމަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރު އެވެ.
ހުކުމް އިއްވީ އެމަނިކުފާނު އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފައި ވަނިކޮށް އެމމަނިކުފާނުގެ ޣައިރު ހާޒިރުގައެވެ.
ގާސިމް ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ