ރައްޔިތުން މިހާރު ވަނީ ރައީސް ޔާމީނު އިންޕީޗްކޮށްފަ - ރީތި ގޮތަކީ އަވަހަށް ވެރިކަމުގެ ބާރުތައް ދޫކޮށްލުން: ޢަބްދުﷲ ރިޔާޟް

23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވަނީ ރައީސް ޔާމީނު އިންޕީޗްކޮށްފައި ކަމަށާއި ރީތި ގޮތަކީ އަވަހަށް ވެރިކަމުގެ ބާރުތައް ދޫކޮށްލެއްވުން ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޟް ވިދާޅުވީ ރައްޔިތުން ނުކުމެ ބޮޑު އަޣްލަބިއްޔަތަކުން ރައީސް ޔާމީނަށް ނޫނެކޭ ބުނި ވަގުތުން ފެށިގެން އެންމެ ރީތި ގޮތަކީ އިތުރު މައްސަލަތައް ކުރިމަތިނުކުރުވައި، މުއައްސަސާތަކަށް ބާރާ ނުފޫޒު ހިންގަން ނޫޅެ ބާރުތައް ދޫކުރެއްވުން ކަމަށެވެ. އެގޮތަށް އެކަން ނުކުރާނަމަ މަޖިލިސް ތެރެއިން ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ