ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާތަކެއް ގެންދަން އުޅުނު ތިން މީހަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ، ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަމުގެމައުލޫމަތު ލިބިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ 6:30 ގައި ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ ތިން ރައްޔިތަކާއި ސުވާލުކޮށް ޗެކްކުރިއިރު އެމީހުންގެ އަތުން ތަފާތު ގައުމުތަކުގެ ގިނަ އަދަަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އަދި އެފައިސާ އެމީހުން ރާއްޖެއިން ބޭރުކުރަން މަސައްކަތް ކޮށްފައިވަނީ ކަސްޓަމްސް އަށް ރިޕޯޓް ނުކޮށް ކަމަށްވެސް ބުނެފައިވެއެވެ.
ކަސްޓަމްސް އިން ބުނީ ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ބޭރުކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ފައިސާތައް ހިފެހެއްޓުމަށް ފަހު، އެކަން އިތުރަށް ތަހްގީގު ކުރުމަށްޓަކައި އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގެ ދަށުން، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާ، ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ ތިން މީހުންއަތުން ފެނިފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ގެންދަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ