ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމުގެ އިންތިޒާރުގައި އެތައް ބަޔަކު ކޯޓު ކައިރީގައި ކިއު ހަދައިފިއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާ މިއަދު ހުކުމް އިއްވުމަށް ތާވަލުކޮށްފައިވާއިރު، ގިނަ އަދަދެއްގެ އާއްމުން އަންނަނީ ސުޕްރީމް ކޯޓު ކައިރިއަށް ޖަމާވަމުންނެވެ.
ހުކުމް އިއްވުމަށް ތާވަލުކުރި ޝަރީއަތުގެ މަޖިލީހަށް ވަނުމަށް މިއަދު ހެނދުނު 11 ޖެހި އިރު ނަންނޯޓު ކުރުމަށް ހުޅުވާލުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ޖާގަ ފުލްވެ ގިނަ ބަޔަކަށް މިއަދު ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތެއް ނުލިބުނެވެ. ކިއުގައި ޖެހިގެން ނަންނޯޓް ކުރި ފަރާތްތައް ޝަރީއަތުގެ މަޖިލީހަށް ވެއްދުމަށް ހަމަޖެހިފައިވަނީ 12 ޖަހާއިރުއެވެ.
އިންތިހާބާ ގުޅިގެން ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މެންދުރު 1 ޖަހާއިރުއެވެ. މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އަދި މި މައްސަލައިގެ ބަޔާންތަކުގައި ދެފަރާތުގެ ވަކީލުންނާއި، މި މައްސަލައިގެ ތެރެއަށް ތަދައްހުލުވި އިދިކޮޅު ކޯލިޝަންގެ ވަކީލުން ވަނީ ސޮއިކޮށްފައެވެ.
ބޮޑު ހުކުމް އަޑުއަހަން ސުޕްރީމް ކޯޓު ކައިރިއަށް މީހުން ޖަމާވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ