މީދޫއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ

ރ. މީދޫއިން އިރުއިރު ކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ އެވެ. 
ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ ކުރީގެ ކައުންސިލަރެއް ވިދާޅުވީ ކަރަންޓު ކެނޑޭތާ ހަތަރު މަސްދުވަސް ވެފައިވާ ކަމަށާއި، މިފާއިތުވި މަސްދުވަހު އިރުއިރުކޮޅާ ކަރަންޓު ކެނޑޭ ކަމަށެވެ. އަދި މިރޭ ވެސް އެރަށުގައި ކަރަންޓު ނެތް ކަމަށް އޭނަ ވިދާޅުވިއެވެ.
ކައުންސިލަރު ވިދާޅުވީ މުޅި އެރަށަށް ކަރަންޓު ދެނީ 150 ދެކިލޯވޯޓުގެ ދެޖަނަރޭޓަރަކާއި، 400 ކިލޯވޯޓުގެ ޖަނަރޭޓަރަކުން ކަމަށެވެ. އިންޖީނުގޭގައި މަސައްކަތް ކުރާ މުއައްޒަފުންނާއި ހަވާލާދީ ކައުންސިލަރު ވިދާޅުވީ ކަރަންޓު ކެނޑެނީ 400 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެ މުޅި ރަށަށް ކަރަންޓުދޭނެ ކެޕޭސިޓީ ނެތިގެން ކަމަށެވެ.
"މުޅި ރަށުން ކަރަންޓު އެބަ ކެނޑޭ އިރުއިރުކޮޅާ. މިރޭ މުޅި ރަށުން ކަރަންޓު ކެނޑުނު އެއްގަޑީރަށް. އެކަމުގެ މިހާރު ބަައެއް ހިސާބުތަކަށް އެބަހުރި ކަރަންޓުދީފައި." ކައުންސިލަރު ވިދާޅުވިއެވެ.
ކައުންސިލަރު ވިދާޅުވީ މިޖަނަރޭޓަރަށް މައްސަލަދިމާވެގެން އުޅޭތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ފެނަކައިގެ ހެޑް އޮފީހަށް އެންގި ނަމަވެސް މިމައްސަލައަށް ހައްލު ލިބިފައި ނުވާ ކަމަށެވެ.
މީދޫއަކީ 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ