އުސްފަސްގަނޑުގައި އެއްވެސް އިމާރާތެއް ނުކުރުމަށާއި އެތަން އިތުރު ބަޔަކަށް ކުށްޔަށް ނުދިނުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެފި އެވެ.
ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ އުސްފަސްގަނޑުގައި އިމާރާތެއް ކޮށްފި ނަމަ އެކަމުގެ ސަބަބުން މާލީ ގޮތުން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންކަމުން އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އެތަނުގައި އެއްވެސް އިމާރާތެއް ނުކުރުމަށާއި އިތުރު މުއްދަތަކަށް އެތަން ކުއްޔަށް ދޫނުކުރުމަށް މާލޭ ސިޓީ ކައުންސިލާއި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ސިވިލް ކޯޓުގެ ވަގުތީ އަމުރުގައި ވެއެވެ.
އުސްފަސްގަނޑު އިތުރު މުއްދަތަކަށް ކުއްޔަށް ދޫނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ