“ޢީދު ސްމައިލް”މާދަމާ ހަވީރު ހުޅުމާލޭގައި ކުރިއަށްދާނެ އިންޝާ ﷲ
ހުޅުމާލެ އަލް ހިޖްރައާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދާ “ޢިދު ސްމައިލް” މާދަމާ ހުޅުމާލޭގައި އޮންނާނެއެވެ.މިހަރަކާތާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ އޮފިޝަލަކު ވިދާޅުވީ އާއިލީ ހަވީރެއްގެ ގޮތުގައި ކުރިއަށް ގެންދާ “ޢީދު ސްމައިލް” މަދަމާ ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެކަމަށެވެ.ތަފާތު ކުޅިވަރުތަކާއި ސްޓޭޖް ހަރަކާތްތައް އެކުލެވޭގޮތަށް ކުރިއަށްދާ މިހަރަކާތުގައި ގިނަ އިނާމްތަކެއްވެސް ލިބިގެންދާނެކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ. އެގޮތުން ކުޅިވަރުތަކުގައި ހިލޭ ބައިވެރިވެވޭނެ ކަމަށާއި ހަރަކާތް ކުރިއަށްދާ ވަގުތު ކެންޓީންގެ ޚިދުމަތްވެސް އެސަރަހައްދުން ލިބެން ހުންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.ހިޖްރައިން ފާހަގަކުރި ގޮތުގައި މިހަރަކާތް ކުރިއަށް ގެންދަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ކަމާއެކުގައެވެ. އެގޮތުން މެއިން ސްޕޮންސަރ ސްޓެޓިކް ކޮމްޕެނީއާއި ހޯސްޓިންގ ޕާޓްނަރ އެޗްޑީސީއާއި ކޯސްޕޮންސަރ އެންޒީގެ އިތުރުން ފުލުހުންނާއި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ގޭހާއި ވިލެޖް ލާރނިންގ ސެންޓަރާއި އައިއެޗްކިއުގެ އިތުރުން ޣާޒީ ސްކޫލްގެ ވަރށް ބޮޑު އެހީތެރިކަމެއް އީދު ސްމައިލް ކުރިއަށް ގެންދިޔުމަށް ލިބޭކަމަށް ހިޖްރަގެ ފަރާތުން ފާހަގަކުރެއެވެ.އަލް ހިޖްރަގެ ފަރާތުން ޢީދު ސްމައިލް ނަމުގައި މިހަރަކާތް ކުރިއަށްގެންދާ މިއީ ތިންވަނަ ފަހަރެވެ. އަލް ހިޖްރައަކީ ހުޅުމާލޭގައި ތަފާތު އެކިއެކި ދީނީ، އިޖްތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ