މި ޤައުމުގައި ހިނގަމުން މިދަނީ ވަރަށްބޮޑު އަނިޔާވެރިކަމެއް ކަމަށާއި، މި އަނިޔާވެރިކަން ނިންމަން ހުރިހާ ރައްޔިތުން ނިކުންނަންޖެހޭ ކަމަށް، އަދާލަތުޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ ބައްޕަ އެދިވަޑައިގެންފި އެވެ.
އިމްރާންގެ ބައްޕަ އަބުދުﷲ ސޯދިގު ވިދާޅުވީ، އިމްރާނުގެ އިތުރަށް ޖަލުގައި ނުހައްގުން ގިނަ އަދަދެއްގެ ސިޔާސީލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އެންމެނަށް ލިބެމުންދާ ނުހައްގު އަނިޔާއިން ސަލާމަތްކުރުމަށް ނިކުތުމަކީ ރައްޔިތުން މިއަދު ކުރަންވީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
"އަންނަންއޮތް ޖީލަށްވެސް މި ޤައުމު ހޯދަދިނުމަށްޓަކައި މި އަނިޔާވެރިކަމާ ދެކޮޅަށް އެންމެހާ ރައްޔިތުން ވޯޓުދީ މި ޤައުމު ސަލާމަތްކޮށްދެއްވުމަށް އަޅުގަނޑު އެދެން." ޝެއިޚު އިމްރާންގެ ބައްޕަ ވިދާޅުވި އެވެ.
މީގެ އިތުރަށް ސޯދިގު ވިދާޅުވީ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް އިޝާރާތްކުރައްވާ އިމްރާނުގެ ބައްޕަ ވިދާޅުވީ، އބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް އިޚުލާސްތެރި ތެދުވެރިއެއްކަން މުޅި ޤައުމު ބަލައިގަންނަ ކަމަށެވެ. އަދި އޭގެ އެއް ހެއްކަކީ ޖެހިޖެހިގެން 5 ދައުރު މަޖިލީހުގައި އެއްދާއިރާއެއް ތަމްސީލު ކުރެއްވުން ކަމަށާއި، ތެދުވެރިކަމެއް އަމާނާތްތެރިކަމެއް ނެތް ބޭފުޅަކަށް އެފަދަ މަޤާމެއްގައި އެހާ ދިގު މުއްދަތެއްގައި ދެމި ނުހުންނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އިބޫ އާއި ފައިސަލް އަކީ ޤައުމުން އަނިޔާވެރިކަން ސަލާމަތްކޮށް ހަމަމަގަށް އަޅުވާނެ ބޭފުޅުންކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝައިހް އިމްރާން ހައްޔަރުކޮށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާން ގެންދަވަނީ ޖަލުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މި އަނިޔާވެރިކަން ނިންމަން ހުރިހާ ރައްޔިތުން ނިކުންނަންޖެހޭ: އިމްރާންގެ ބައްޕަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ