ހައިދަރްއާބާދު ޕަބްލިކް ސްކޫލް: ބޮޑު ތިން ކުންފުންޏެއްގެ ސީއީއޯއިންގެ ތައުލީމީ ހަޔާތުގެ ބިންގާ

މައިކްރޯސޮފްޓް، އެޑޯބް އަދި މާސްޓާކަޑުގެ ސީއީއޯ އިންނަކީ މިހާރު ދުނިޔޭގެ ނަންހިނގާ ބޮޑެތި ވިޔަފާރިވެރިންނެވެ. މި ތިން ބޭފުޅުންގެ ވެސް ތައުލީމީ ހަޔާތުގެ ބިންގާ އެޅީ އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ޕަބްލިކް ސްކޫލުންނެވެ. "ފްރީކޮނޮމިކްސް"ގެ އެޕިސޯޑަކަށް ދެއްވި އިންޓަވިއުއެއްގައި މައިކްރޯސޮފްޓްގެ ސީއީއޯ ސަތުޔާ ނަޑެއްލާ ވިދާޅުވީ އޭނާ އާއެކު ސްކޫލަށް ދިޔަ ކުދިންގެ ތެރޭގައި އެޑޯބުގެ ސީއީއޯ ޝަންޓަނު ނަރާޔަން އާއި މާސްޓާކަޑުގެ ސީއީއޯ އަޖޭ ބަންގާވެސް ހިމެނޭކަމަށެވެ. ނަވާރަސަތޭގަ ތޭވީހުގައި ކިޔަވައިދޭންފެށި މި ސްކޫލަކީ އިންޑިއާގެ އެންމެ ރަނގަޅު 10 ސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. މި ސްކޫލަކީ ބަޕްލިކް ސްކޫލެއް ނަމަވެސް އެމެރިކާ ފަދަ ގައުމުތަކުގައި ޕްރައިވެޓް ސްކޫލުތަކުން ދޭ ފެންވަރުގެ ތައުލީމެއް މި ސްކޫލުން ދެއެވެ. ނަޑެއްލާ ވިދާޅުވިގޮތުގައި ހައިދްރައާބާދު ބަޕްލިކް ސްކޫލަށް ދިއުމަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އުސްއައްޔެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް، ކުރިއަށް ދިއުމަށް އެ ސްކޫލުން ލިބުނު ތައުލީމާއި ތަރުބިއްޔަތު މުހިއްމު ދައުރެއް އަދާކުރިކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ހައިދަރު އާބާދު ޕަބްލިކް ސްކޫލަކީ ނަޑެއްލާ، ނަރާޔަން އަދި ބަންގާ ފަދަ މޮޅު ކުދިން އުފައްދާ އެއް ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ