"އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހުމަށް ގޮވާލާން "

އެމްޑީޕީގެ ފްލެޓް މަޅީގައި ނުޖެހުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހުމަށް ގޮވާލިއިރު މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައިއެވެ؟ އިއްޔެ ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.
ބައެއް ކެންޑިޑޭޓުން ގެންދަވަނީ މާލޭ ދާއިރާތަކުގެ ކެމްޕޭންގައި، ވެށިފަހި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނާ ބައްދަލު ކުރައްވަމުންނެވެ.
އަދި އެފަރާތްތަކަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވުމާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެ ކެންޑިޑޭޓުންނަށް ދަނީ ފާޑު ކިޔުންވެސް އަމާޒު ވަމުންނެވެ.
ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަން ބޭޒާރުވެ ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ރޭ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ނުގުޅާ ކަމަށާއި، އެކަމަކު ބުދަ ދުވަހުގެ ރޭ އޮތް ބައްދަލުވުމަކަށް ދައުވާތު ދީފައިވާނެ ކަމަށެވެ.
"މާދަމާ ރޭ (ބުދަ ދުވަހު) ކާނިވަލް ސަރަހައްދުގައި ނުވައެއް ޖަހާއިރު ވެށި ފަހި މާލޭ ޕްރޮގްރާމްގެ ދަށުން އެޖެންޑާ 19ގެ ދަށުން ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ރައީސް ނަޝީދާއި މާލެ މޭޔަރު ޝިފާ މުހައްމަދު ދެއްވާނެ،." އަފްޝަން ވިދާޅުވިއެވެ.
ނަމަވެސް އިއްޔެ އަފްޝަން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ