ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވެއްޖެ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިއަދުގެ ވަގުތެއްގައި މަރުވެފައި ވަނީ އުމުރުން 63 އަހަރުގެ ނަފްސާނީ ބަލި މީހެއް ކަމަށެވެ.
އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ކ.ގުރައިދޫގައި ހުންނަ މަރުކަޒުގައި ދިރިއުޅެމުން ދިޔަ އުމުރުން 63 އަހަރުގެ ނަފްސާނީ ބަލި މީހަކު މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައި ވަނީ ޤުދުރަތީ މަރަކުންނެވެ.— Ministry of Gender, Family and Social Services (@Min_Gender) May 25, 2019
ގުރައިދޫ މަރުކަޒަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ވެސް ދިރިއުޅެމުން އަންނަ ދައުލަތުގެ މަރުކަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ