ޑަބްލިއުޑީސީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރަކަށް ސަނާ

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވިސ. ހިތަދޫ ޑިލައިޓް ފޭސް އާމިނަތު ސަނާ މެންބަރުކަމުގެ އިޤްރާރުގައި މިއަދު ސޮއިކުރައްވައިފިއެވެ.
އާމިނަތު ސަނާ މިމަޤާމަށް އިންތިޚާބުވެވަޑައިގަތީ ކުރިން އެމަޤާމު ފުރުއްވަމުން ގެންދެވި ބޯޅަދަޑިގެ / ސ.ހިތަދޫ، އާމިނަތު ހަފީޒާ މަޤާމު ދޫކޮށްލެއްވުމުން އެމަޤާމަށް މެންބަރަކު ހޮވުމަށް ބޭއްވުނު އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.
މިއިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ފަރާތަކީވެސް އާމިނަތު ސަނާއެވެ.
އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މިދައުރު ފާހަގަ ކުރެވެނީ އިޖްތިމާއީ ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ހީވާގި ކޮމެޓީއެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ