ކެންދޫ ކޮންމެ ގެއެއްގެ ކަރަންޓް ބިލަށް 300ރ ކައުންސިލުން ދެނީ

ބ. ކެންދޫ، ހަލުވިކަމާއެކު އެރަށުގައި ހަލުވިކަމާއެކު ޑެންގި ހުން ދަނީ ފެތުރެމުންބ. ކެންދޫގެ ގޭގޭގެ މި ރޯދަމަހުގެ ކަރަންޓު ބިލަށް ރޯދަ އިނާޔަތުގެ ގޮތުގައި 300ރުފިޔާ ދޭން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ކެންދޫ ކައުންސިލުން ބުނި ގޮތުގައި މިއީ ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި އެ ރަށު ރައްޔިތުންނަށް ކައުންސިލުން ދޭ ހަދިިޔާ އެކެވެ. އެގޮތުން ކޮންމެ ގެއަކުންވެސް ފާއިތުވި މަހުގެ ކަރަންޓް ބިލް ހިފައިގެން ކައުންސިލަށް ދިއުމުން ފައިސާ ލިބޭނެ ކަމަށް ކެންދޫ ކައުންސިލުން ބުންޏެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ކެންދޫގެ ގޭ ބިސީތަކުން މި ރޯދަމަހު ކުނި އުކައިދިނީވެސް ހިލެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ